ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

އެގޮތުން ބަންދުކުރައްވާފައިވާ ދުވަސްތަކަކީ:
1- 25 ޖޫން 2023 (އާދިއްތަ)
2- 26 ޖޫން 2023 (ހޯމަ)
3- 28 ސެޕްޓެންބަރު 2023 (ބުރާސްފަތި)