ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ އެންމެންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފިއެވެ. ރާއްޖެއިން ޙައްޖަށް ދިޔަ އެންމެންނަށް ރައީސުލްޖުމްހޫރިއްޔާ މަބްރޫރު ޙައްޖަކަށް އެދިވަޑައިގެން، އެމަނިކުފާނުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ، ރާއްޖެއިން އަމީރުލް ޙައްޖުގެ ގޮތުގައި މިއަހަރު ވަޑައިގެންނެވި މިނސްޓަރ އޮފް އިސްލާމިކް އެފެއަޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ މެދުވެރިކުރައްވައެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާ ހެޔޮއެދުންތައްވެސް ރާއްޖެއިން ޙައްޖަށް ދިޔަ އެންމެންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިއެވެ.