ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު އަވަހާރަވިތާ މިމަހުގެ 22 ވަނަ ދުވަހު 1 އަހަރު ފުރޭތީ، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނުގެ ޒިކުރާ އާ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އަދި މަރްޙޫމް އިބްރާހީމް ނާޞިރު، ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލައްވައި، އެމަނިކުފާނުގެ ޚިދްމަތްތައް ދިރުއްވުމަށް ސަރުކާރުން ކުރައްވަން ގަސްދު ކުރައްވާ ބައެއް ކަންތައްތައްވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާނެއެވެ.

މާދަމާ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޣައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަން ރާއްޖޭގައި ޤާއިމު ކުރުން މަނާކުރުމުގެ ބިލާބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާނެއެވެ.