ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އައްޑުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު އައްޑުއަތޮޅަށް މިވަޑައިގަންނަވަނީ، [ސުޒްލޯން“ އަދި މޯލްޑިވްސް ގޭސް އާއި ސަދަން ޔުޓިލިޓީޒް ލިމިޓެޑާ ދެމެދު އެމް.އޯ.ޔޫ.އެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ. މި ރަސްމިއްޔާތު އޮންނާނީ މިރޭ 8.30 ގައި ހިތަދޫ މުޙިއްބުއްދީން ސްކޫލްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔް ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.