ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި، 2022 މޭ 14 ވާ ހޮނިހިރުދުވަހުން ފެށިގެން 2022 މޭ 16 ވާ ހޯމަދުވަހުގެ ނިޔަލަށް (ތިންދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.