ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު، އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލެއްކަމަށްވާ އެ.ން.ޑީ.ޓީ.ވީ.އަށާއި ޖަޕާނުގެ އެން.އެޗް.ކޭ.އަށް އިންޓަރވިއު ދެއްވައިފިއެވެ. ވަކިވަކިން ދެއްވި މި ދެ އިންޓަރވިއުވެސް އޮތީ ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައއެވެ.

މި ދެ އިންޓަރވިއުވެސް ބޮޑަށް އަމާޒުވެގެންދިޔައީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށާއި، ތިމާވެށީގެ ނުރައްކަލުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށެވެ. މިގޮތުން ދާދިފަހުން ރާއްޖޭގައި ބޭއްވުނު މޫދުއަޑީގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ މައްޗަށާއި، ކޯޕަންހޭގަން ސަމިޓުގެ މުހިންމުކަމުގެ މައްޗަށް ސުވާލުތައް އަމާޒުކޮށްފައިވެއެވެ.