ބައިނަލްއަޤްވާމީ "ނޮން ވައިލަންސް ޑޭ" އާއި އިންޑިއާގެ މިނިވަންކަމުގެ ބަޠަލް، މަހާތުމާ ގާންދީގެ 140ވަނަ އުފަން ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، އިންޑިއަން ހައިކޮމިޝަނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގުޅިގެން ބާއްވާ ބައްދަލުކުރެއްވުމެއްގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މާދަމާ ތަޤްރީރުކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރައްވާނީ، "ގާންދީ ގެންގުޅުއްވި ފިކުރު މިޒަމާނަށް ފެތޭތޯ" މިމައުޟޫއަށެވެ.

މިބައްދަލުވުން އޮތީ މާދަމާ މެންދުރުފަހު 2.30ގައި ފެކަލްޓީ އޮފް އެންޖިނިއަރިންގގެ އޮޑިޓޯރިއަމްގައެވެ.