ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށު ކަލާފާނު މިސްކިތު ގޯތިތެރޭގައި ހުރި ފަތްކޮޅުތައް ބަހައްޓާފައި ހުރިތަން، "ފުރޭފު ކޮޓަރި" ހުޅުއްވައިދެއްވައި އެތަނަށް ފަތްކޮޅުތައް ހަދިޔާ ކުރައްވައިފިއެވެ.

މިރޭގެ މަޣްރިބު ނަމާދަށްފަހު އެ މިސްކިތު ގޯތިތެރޭގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން މިގެންދަވަނީ މިފަދަ ފަތްކޮޅުތައް، އެރަށްރަށުގެ ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި މިއީ، ދިވެހިރާއްޖޭގެ ޘަޤާފަތާއި ތާރީޚް ދިރުއްވުމުގެ މަޤްޞަދުގައި ކުރައްވާ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކުން މިތަނަށް މީހުންނަށް އާދެވި މިފަތްކޮޅުތައް ބެލޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.