ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި، ހައްދުންމަތީގެ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ މަޢްލޫމާތު ރައްޔިތުންނާ ޙިއްސާކުރެއްވުމަށްޓަކައި މާދަމާ ހެނދުނު ޤަޠަރު އަމީރު ސްކޫލްގައި ބާއްވަވާ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހައްދުންމަތީގައި ފެރީގެ ޚިދުމަތް މިހާރު ފަށާފައިވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އެއަތޮޅުގެ ބައެއް ރަށްރަށަށް ފެރީގައި ދަތުރުފުޅުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.