ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "ބާރ2000 ފަރަމަންތާ ޗެލެންޖް 2021" ޙަރަކާތް ފަށްޓަވައިދެެއްވައިފިއެވެ. މި ޙަރަކާތް ކުރިއަށްދިޔައީ މިއަދު ހެނދުނު ރަސްފަންނު ބީޗުގައެވެ.

މި ޙަރަކާތް ފަށްޓަވައިދެއްވުމަަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ޙާޞިލުކުރެއްވި ޓީމުތަކާއި ފެތުންތެރިންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ.

ބާރ2000 ފަރަމަންތާ ޗެލެންޖް 2021 އަކީ އޯޕަން ވޯޓަރ ސްވިމިންގ، ސަރފިންގ އަދި ބޮޑީ ބޯޑިންގ މުބާރާތްތައް ހިމެނޭ ގޮތަށް އެކުއަޓިކް މަލްޓި-ސްޕޯޓް ޗެލެންޖެކެވެ. މި ޙަރަކާތަކީ އެޗް.އެސް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއަރ ކޮފީ ބޮރޭންޑް ބާރ2000 އިލެގީ އިން ޚަރަދުކޮށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ޚަރަކާތުގައި އަންހެން އަދި ފިރިހެން ބައިވެރިން އެކި ކެޓެގަރީތަކުން ބައިވެރިވެއެވެ. މި ޙަރަކާތުގެ ތެރެއިން އޯޕަން ވޯޓަރ ސްވިމިންގ ފަށާފައިވަނީ ރަސްފަންނު ފަރުންނެވެ. އަދި ސަރފިންގ އަދި ބޮޑީ ބޯޑިންގ ފަށާފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުންނެވެ.