މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑުގެ މެނެޖިންގ ޑިރެކްޓަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިމަގާމަށް ހަމަޖެއްސެވީ ހެންވޭރު ނޫމުތީ މުޙަންމަދު އިބްރާހީމެވެ.

މުޙަންމަދު އިބްރާހީމް މިހާތަނަށް ހުންނެވީ، އިލެކްޝަންސް ކޮމިޝަނަރ ކަމުގެ މަގާމުގައެވެ. އެމަގާމުން އޭނާ މިއަދުވަނީ އިސްތިޢުފާ ދެއްވާފައެވެ.