- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
ދައުލަތުގެ މާލިއްޔާއިން މުސާރައަށް ކުރައްވާ ޚަރަދު ކުޑަކުރެއްވުމުގައި ސަރުކާރުން މިހާރު ގެންގުޅުއްވާ ވިސްނެވުން މާދަމާގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާނެ
3 ސެޕްޓެންބަރު 2009، ރިފަރެންސް: 2009-669
ދައުލަތުގެ މާލިއްޔާއިން މުސާރައަށް ކުރައްވާ ޚަރަދު ކުޑަކުރެއްވުމުގައި ސަރުކާރުން މިހާރު ގެންގުޅުއްވާ ވިސްނެވުން މާދަމާގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ. މާދަމާ ހެނދުނު 10.15ގައި ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު ދެއްވާ ރޭޑިއޯ ޚިޠާބުގައި މުސާރައިގެ ޚަރަދުތަކުގެ އިތުރުން އެހެން ބައެއް ކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ. މިގޮތުން، ސަރުކާރުގެ ހެލްތް އިންޝުއަރެންސް ސްކީމް "މަދަނަ"އިގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހުޅުއްވާލެއްވުމާ ގުޅިގެން އެކަމުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ. އަދި ކުރީގެ ރައީސުންނަށް ޙިމާޔަތް ދިނުމުގެ ބިލާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުވެސް މާދަމާގެ ރޭޑިއޯ ޚިޠާބުގައި ހުށަހަޅުއްވާނެއެވެ.