”ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް“ މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.

ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު ފުލިދޫގޭ މުޙަންމަދު އަޙްމަދުދީދީއެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ ގަލޮޅު ގްރީންލިން މުޙަންމަދު ނިޒާމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ މައްޗަންގޮޅީ ސޭލަމް އަޙްމަދު ނަޝީދާއި، ހެންވޭރު ވިނަގަނޑު އާދަމް ޢަލިމަނިކާއި، މާފަންނު ތުހުފާ އިބްރާހީމް ޒަކީއާއި، މާފަންނު ޒީނާ މުޙަންމަދު ސަމީރާއި، ކޮޅުމަޑުލު ކިނބިދޫ ގުލްފާމުގޭ މުޙަންމަދު ޢާރިފެވެ.