ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރެއްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ، 2020 ޖުލައި 22 ވަނަ ދުވަހު އެ ކޮމިޝަނުގެ މެންބަރެއް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުން ވަކިކުރައްވާފައިވާތީ، ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ.