ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް، 17 މާރިޗު 2020ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވާފައިވާ އިޢުލާނު (ނަންބަރު (IUL1-PPO/1/2020/14) މިއަދު ބާޠިލްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި އިޢުލާނު ބާތިލުކުރެއްވީ ދުނިޔޭގައި މިހާރު ފެތުރެމުންދާ COVID-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާތީއާ އަދި މިކަމާގުޅިގެން ސަރުކާރުން ކަނޑައަޅުއްވާފައިވާ ޚާއްޞަ ޙާލަތުގެ ފިޔަވަޅުތައް ވެސް އަދި ނިމުމަކަށް ގެނެސްފައި ނުވާތީއެވެ.