މި އޮފީހުގެ ނަންބަރު 7/2020 (18 މާރިޗު 2020) ދެންނެވުމާ ހަވާލާދީ ދަންނަވަމެވެ.

ދިވެހިރާއްޖޭގައި ކޮވިޑް- 19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރު ބަންދުކުރައްވައިފައިވާ މުއްދަތު، 2020 މާރިޗު 29 ވަނަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދެންނެވި މުއްދަތުގެ ތެރޭގައިވެސް، މި އޮފީހުގެ ނަންބަރު 7/2020 (18 މާރިޗު 2020) ދެންނެވުމުގެ 2 ވަނަ ނަންބަރުން ފެށިގެން 5 ވަނަ ނަންބަރުގެ ނިޔަލަށް ހުރި ކަންތައްތަކާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ޢަމަލުކުރެއްވުމަށާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކަށް ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކަންތައްތައް ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.