ެޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރެއްގެ މަޤާމް ހުސްވެފައިވާތީ، އެ ޓްރައިބިއުނަލަށް ޤާނޫނީ ދާއިރާގެ މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ސަރުކާރުން އަލުން އިތުރުކުރައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިހާރު ވަނީ 02 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައްވާފައެވެ.

މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.