ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރު ސްކޫލްގެ އިސްވެރިންނާއި ބެލެނިވެރިންނާ ބައްދަލުކުރައްވައި ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ އެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، އެއް ދަންފަޅިއަށް ކިޔަވައިދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ސްކޫލަށް ބޭނުންވާ އެހެނިހެން ވަޞީލަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އަދި، އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، މުދައްރިސުންނާއި ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާ އެ ކަންތައްތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެމަނިކުފާނާއި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރ. މާކުރަތުގެ ކައުންސިލަރުންނާވެސް ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބައެއް ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.