ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
 
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:
1.     މަގާމުގެނަން
ސީނިއަރ ރިސަރޗް އޮފިސަރ
ރޭންކް:
އެމް.އެސް 2            
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:
ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން
ބޭނުންވާ ޢަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
6,295.00 ރުފިޔާ
ސަރވިސް އެލަވަންސް:
2000.00 ރުފިޔާ
ޚާއްޞަ އެލަވަންސް:
2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2،500.00 ރުފިޔާ
މަގާމުގެ ޝަރުޠު:
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:
- އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާގައި ހިމެނޭ ކަންކަމާގުޅޭގޮތުން ހަވާލުކުރާ މައްސަލަތަކާއި މަޝްރޫޢުތަކުގެ ބްރީފް ތައްޔާރުކޮށް، މިކަންކަމާގުޅޭގޮތުން ފޮނުވަންޖެހޭ ސިޓީ/ ނޯޓް ތައްޔާރުކޮށް ފޮނުވުމާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ފޮލޯއަޕްހަދައި ބެލެހެއްޓުން.
- މާލެ ހޮސްޕިޓަލްސް ބޯޑުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން ކޮންމެދުވަހަކު ފޮނުވަން ކަޑައަޅާފައިވާ ތަފާސް ހިސާބު ހޯދައި ޑޭޓާބޭސް ބަލަހައްޓައި މި މަޢުލޫމާތު ބޭނުންކޮށްގެން މި އޮފީހަށް ބޭނުންވާ އެނޭލިސިސް ހެދުން.
ހުށަހަޅަންޖެހޭ ތަކެތި:
1."ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
2.ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
3.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު،  12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން،މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ،މަގާމުގެ ޝަރުޠު ހަމަވެ،ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް،މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ.ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަންކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.     
                                                                       
12 ޖުމާދަލްއާޚިރާ 1441
6 ފެބުރުވަރީ 2020