ހިޔާ މަޝްރޫޢު"އަށް ޝަރުޠު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން އެ ބޭފުޅުންގެ ފޯނު ނަންބަރު ފޮނުއްވައި ދެއްވުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ގެ އެދިވަޑައިގެންނެވުމާއިއެކު އެކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ. މި ނޫސް ބަޔާނުގައިވާގޮތުން ދިރިއުޅުމުގެ ޙާލަތު ބެލުމުގެ ގޮތުން މިހާރު ގުޅުމަށް މަސައްކަތްކުރަމުންދަނީ H4 ، H5 ، H12 ، H13 އަދި H15 ، މިކެޓެގަރީތަކުގެ ބޭފުޅުންނަށެވެ.

އެހެންކަމުން މި ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން 2020 ފެބްރުވަރީ 11 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނަމްބަރާ ގުޅުއްވައިގެން މަޢުލޫމާތު ދެއްވުމަށް މި ނޫސްބަޔާނުގައި ވެއެވެ. އަދި ގުޅޭގޮތްނުވިނަމަ، އެ ނަންބަރަށް އެސް.އެމް.އެސް އެއް ފޮނުއްވުމަށްވެސް މި ބަޔާނުގައި ވެއެވެ.

ނޫސްބަޔާނާ ގުޅޭ ލިންކް: http://www.gazette.gov.mv/iulaan/view/125348