ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤާނޫނީ ދާއިރާގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީ، އެ ޓްރައިބިއުނަލަށް ޤާނޫނީ ދާއިރާގެ މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު ސަރުކާރުން ހުޅުވާލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 2 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ.

މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.