ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިސްޓަރ މަރޓެން އެން. ކަޕެވާޝާ، ރައީސް މުޙަންމަދު ނަޝީދަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި، ދިވެހިރާއްޖެއާއި ނެމީބިއާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް، ރައީސް ނަޝީދާއި ނެމީބިއާ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.