އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ މެނެޖްމަންޓް ބޯޑު، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކުލަވާލައްވައިފިއެވެ. އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ތިލަދުންމަތީ އުތުރުބުރީ ކެލާ އިރުދޭމާގޭ ޒުބައިރު މުޙަންމަދާއި، މާފަންނު ހުކުރަދިގޭ ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދާއި، ހެންވޭރު މާގިރި ނަސީމާ މުޙަންމަދު ކަލޭގެފާނާއި، މައްޗަންގޮޅީ އޮޑެއްސާ ޑޮކްޓަރ މަޢުޞޫމާ ކަމާލުއްދީނާއި، މާފަންނު ކެޕްލާ އިސްމާޢީލް ޝަހީރާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އަސޭގޭ ސިޔާ އަޙްމަދު ނަޖީބާއި، ހެންވޭރު ރަސްމާދޫގެ އިބްރާހީމް ޒާހިރެވެ.