ހުޅުމާލެ ފޭސް 2 ގައި ހިމެނޭ ފަރުކޮޅުފުއްޓަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު ހަވީރު ކުރެއްވި މި ޒިޔާރަތުގައި އެތަނުގައި މިހާރު ހުރި ބައެއް އިމާރާތްތަކަށް ވަދެވަޑައިގެން އެތަންތަން ބައްލަވާލެއްވުމުގެ އިތުރުން ފަރުކޮޅުފުށި ތަރައްޤީކުރުމުގެ ޕްލޭނާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ.