ރައީސް މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް 5 ބިލެއް ހުށަހަޅުއްވައިފިއެވެ. މި ހުށަހެޅުއްވި 5 ބިލަކީ، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ”ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލް“ އާއި، ”ޓެކްސް ނެގުމާބެހޭ އިދާރީ ބިލް“ އާއި، ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމާބެހޭ ބިލް“ އާއި، ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލް“ އެވެ.