ފަންސާސް ވަނަ ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ނެޝަނަލް ޓެނިސް ސެންޓަރުގައި މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގެ އަންހެން ޗެންޕިއަނުންނާއި ފިރިހެން ޗެންޕިއަނުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

އެކި އުމުރުފުރާތަކާއި ގިންތިތަކަށް ބަހާލައިގެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިޔަށްގެދިޔަ މި މުބާރާތުގައި ޖުމްލަ 150 ކުޅުންތެރިން ބައިވެރިވެއެވެ.