އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ސީ،އެޗް.އެސް.ސީ ގެ ހޯލުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުމުގެ ދެވަނަ ދަންފަޅީގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން ގުރުއާނުގެ ބައެއް ހިތުދަސްކުރި ކުދިންނާއި ދަސްވެނިވި ދަރިވަރުންނަށް ޓްރޮފީއާ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އެ ސްކޫލުން މިއަހަރު 216 ކުދިން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާޞިލުކޮށްފައިވާއިރު 64 ކުދިން ވަނީ ޤުރުއާނުގެ ބައެއް ހިތުދަސްކޮށް ޓްރޮފީއާ ސެޓްފިކެޓް ހާޞިލުކޮށްފައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ 18 މަހުން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. ބާރަސަތޭކައަށްވުރެ ގިނަ ކުދިން ތަޢުލީމު ޙާޞިލުކުރަމުން އަންނަ އެކްސަލް އިންޓަރނޭޝަނަލް ސްކޫލަކީ އެމެރިކާގެ ކަރިކިއުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.