10 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ، ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) ގެ ޢީދު މީލާދު މި އަހަރު މީލާދީ ގޮތުން ދިމާވަނީ 09 ނޮވެންބަރު 2019 ވާ ހޮނިހިރު ދުވަހަށްވެފައި، 11 ނޮވެންބަރު 2019 އަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް ކަމަށްވާތީއެވެ. ކީރިތި ރަސޫލާ (صلّى اللّه عليه وسلّم) ގެ ޢީދު މީލާދަކީ ރަބީޢުލްއައްވަލު މަހުގެ 12 ވަނަ ދުވަހެވެ.