މެންޓަލް ހެލްތު އެމްބެސެޑަރުން ތަމްރީނުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި މެންޓަލް ހެލްތް އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ސެޓްފިކެޓް ޙާޞިލު ކުރެއްވި 18 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި އުގެނެމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ.