ޕާކިސްތާނުގެ ލާހޫރުގައި ހިނގި ބޮންގޮއްވާލުމުގެ ހާދިސާގައި އެތައްބަޔަކު މަރުވެ އެތައްބަޔަކު ޒަޚަމްވުމާ ގުޅިގެން، ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރްދާރީއަށް ރައީސް މުޙަންމަދު ނަޝީދު މެސެޖެއް ފޮނުއްވައިފިއެވެ.
މި ޚަބަރު އެއްސެވީ ފުން ހިތާމައާއި ކުއްލި ހައިރާންކަމާއެކުގައި ކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވެ މި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ދިވެހިރައްޔިތުންނާ، ދިވެހި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޓެރަރިޒަމްގެ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ.