ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑަށް އެނގޭ. އަބަދު އަބަދު ތިޔަބޭފުޅުން ތިއްބަވާނީ އެ އުންމީދުގައި. މިވަގުތު އަޅުގަނޑުމެންގެ ޚަޒާނާގައި ކަންތައް ހުރިގޮތުން، ފަންސާސްހާސް ރުފިޔާ ދިނުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމެކޭ ދަންނަވަން ހަމަ ވަރަށްދަތި.

ސުވާލު: ދުވާފަރުގެ ރައްޔިތެއް

އެއީ ހަމަ ސަރުކާރުން ކުރައްވަމުން ގެންދެވި ކަމެއް އިނގޭތޯ؟ މީގެކުރިން އެކަން ސަރުކާރުން ކުރައްވާފައިވާކަން، ތިޔަބޭފުޅުން ގަބޫލު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އެއްފަސް ކުރުމުގެ ގޮތުން ދެބައިކުޅަ އެއްބަޔަށް ހަދާފައިދޭ ގޭގޭގައި އިތުރު މަސައްކަތްތައް ނިންމަންވެގެން، ސަރުކާރުން އެބަހުރި މީގެކުރީގައި އެކަން އެހެން ކޮށްދީފައި. މިސާލަކަށް، ފުނަދޫގައި ދިން ގޭގެއަށް ހުޅުދުއްފާރަށް ބަދަލުވީ މީހުންގެ ތެރެއިންވެސް، ރުއްގަހަށް ބަދަލުދީފައި އެހިސާބުން ނިމުނީ. އެކަން ކުރީ ޙަޤީޤަތުގައި ކުރީގެ ގޯއްޗަށް ބަދަލު ދިނުމުގެ ގޮތުން. މިކަމުގައި އަޅުގަނޑަށް ހަމަ ދެންނެވެން އޮތް ވަރަށް ސާފު ތެދުބަސް އަޅުގަނޑު މިދެންނެވީ.

ސުވާލު: ދުވާފަރުގެ ރައްޔިތެއް

އަޅުގަނޑުމެންނަށް ގެވަޅު ދޫކޮށްފައިވެސް ތިންމަސްދުވަހުގެ ތެރޭގައި އެހޯލްފާރު ނުނަގާ ކަމަށްވަންޏާ، ގެވަޅުވެސް އެބަ ބާޠިލުވޭ. ނަމަވެސް އަޅުގަނޑުމެންނަށް މިތަނުން މިފެންނަނީ ގެތަކެއް. ހޯލްފާރެއް ނުފެނޭ. އެކަމަކު ހޯލްފާރު ތިޔަބޭފުޅުންނަށް ދެއްވިދާނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ވަށާފާރުދޯ؟ ވަށާފާރު ރާނަން ބައެއް މީހުން ބޭނުންވޭ. އަނެއްބައިމީހުން ވަށާފާރު ރާނާކަށެއް ބޭނުމެއް ނުވޭ. ވަށާފާރާ ގުޅޭގޮތުން، އަޅުގަނޑު ދަންނަވާނީ، ބިމާބެހޭ ޤަވާއިދުގައި އަޅުގަނޑުމެން އެދެނީ، އެއްވެސް ބަޔަކު ވަށާފާރު ނުރާނައި، ގަސް އިންދައިގެން އެކަން ހަމަޖެއްސޭނެ ގޮތެއް އޮތްތޯ ބެއްލެވުން. އެހެންނަމަވެސް ބަޔަކު މީހުން ވަށާފާރު ރާނާ ހަދަން ބޭނުންވެއްޖިއްޔާ، އެކަމަކަށް ހުއްޓުމެއްނެތް.

ސުވާލު: ދުވާފަރުގެ ރައްޔިތެއް

ބަޔަކު މިރަށަށް އައިސް މިތިބީ. އަޅުގަނޑުމެން ކަނދޮޅުދޫ މީހުން މިހާރު މިތިބީ ދުވާފަރުގައި. މިރަށުގައި ހިނގާލިއިރުގައި، އަޅުގަނޑަށް ވަރަށް ފާހަގަކުރެވޭ، ފެނުގެ މައްސަލަ މިއީ ވަރަށްބޮޑު މައްސަލައަކަށް، މިރަށުގައި މުސްތަޤްބަލުގައިވާނެކަމަށް މުސްތަޤްބަލުގައި. މިހާރުން މިހާރަށްވެސް އަޅުގަނޑުމެންނަށް ބޯފެން، އަސްލުގައި ލިބޭކަށްނެތް. އެއީ ގޭގޭގައި ބަހައްޓާފަހުރި، ތާނގީތަކުގައިހުރީ ވަރަށް ބޮޑަށް ނަޖިސްވެ ތަޣައްޔަރުވެފައި، މިހާރު އިންސާނުން ބޯން ކަމުދާވަރުގެ ފެނެއްނޫން. އެހެންވީމާ، ކިހާވަރެއްގެ އުންމީދެއް އެބައޮތްތޯއޭ، އަޅުގަނޑުމެންނަށް ސާފު ބޯފެން، ކިހާދުވަހަކުންކަން ލިބޭނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ސަތޭކައިންސަތޭކަ އިރާދަކުރެއްވިއްޔާ، ސާފުބޯފެން ލިބޭނެ.

ސުވާލު: ދުވާފަރުގެ ރައްޔިތެއް

ކިހާދުވަހަކުންތޯ، އަޅުގަނޑުމެންނަށް ސާފު ބޯފެން ލިބޭނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިހާރު އަޅުގަނޑުމެން މިބަލަނީ، ޖަނަވަރީމަސް މެދުޖެހެންވާއިރަށް ފެން ޕްލާންޓް ހިންގޭނެ ކަހަލަ ގޮތެއްވޭތޯ. އެކަމަށް މަސައްކަތް އަޅުގަނޑު އެބަކުރަން. މިހާރު ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މިއަރުވަނީ ފެންކޭހެއް. އަޅުގަނޑަށް އެނގޭ، މިތާނގީތައް ހުރީ ތަޣައްޔަރުވެފައިކަން. އެއީ ދެން، އެތާނގީތައް ބެހެއްޓީމާވެސް އަޅާލުމެއްނެތީމާ ވީގޮތް. އެހެންވީމާ، ތިޔަބޭފުޅުން އެ ތާނގީތައް ސާފުކުރައްވާފައި، އަވަހަށް އަންނަ ވާރޭއަކުން ފެން ނެންގެވޭތޯ ބަލަންޖެހޭނެ. ދެން އަދި މިހާރު މިތާނގައި އެބަހުރި ސާފުތާހިރުފެން. ފަންސާހަކަށް ޓަނު ފެން. އެހެންވީމާ، އެ ފެނުންވެސް އިރާދަކުރެއްވިއްޔާ ފެނަށް ޖެހުނަނުދީ ހިފެހެއްޓޭނެ. އަދި އޭގެ އިތުރަށް މުޅި ރާއްޖޭގެ އެންމެ ފެންމީރު އެއްރަށް ދުވާފަރުވާނެ.

ސުވާލު: ދުވާފަރުގެ ރައްޔިތެއް

ފެން ރަނގަޅު ގޮތެއްގައި ބެހެއްޓޭނެ ގޮތަކަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އެއީ ދުވާފަރުގެ އަޑީގެ ފެން؟

ސުވާލު: ދުވާފަރުގެ ރައްޔިތެއް

ލައްބަ! އެއީ، މިހާރު ބޭނުންކުރާ ހުރިހާ ފެނެއް ސީވޯލް ނެތީމާ އެދަނީ ބޭރަށް. އެހެންވީމާ، އަޅުގަނޑުމެން ދެކޭގޮތުގައި ކުރިއަށްއޮތް ހަމަސް ދުވަހުގެ ތެރޭގައި ރަށުގެ ފެން ލޮނުވާނެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑުގެ އުންމީދު އެއީ، އެކީގައި އަޑިއަށް ހިންދުން.

ސުވާލު: ދުވާފަރުގެ ރައްޔިތެއް

މިހާރު ގެންދާ ފެން ކޭސް، އެވެސް ލިބޭނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ނޫން. އެއެއް ހަމަ ނުލިބޭނެ. އެއީ ބަދަލުވާ ބޮނޑީގައި، ކުރިއަށްއޮތް ދެހަފްތާއަކަށްދޭ ފެންކޭހެއް. ދެން މިތާ އެބަހުރި 50 ޓަނު ފެން. ދެން ވާރޭ ނުވެހެންޏާ، ބިމުގެ ފެން ބޭނުންކުރަން ޖެހޭނީ. ދެން އަޅުގަނޑު މިއުންމީދު ކުރަނީ، އިރުވައިގެ ވާރޭ، ދާދި އަވަހަށް ވެހޭނެކަމަށް. ދެންމެވެސް ވާރޭ ކުޑަކޮށް ކަނިޖަހާލި. ކޮންމެ ގެއެއްގައި މިހާރު އެބަހުރި ފެންތާނގިއެއް. މިރާއްޖޭގައި މިހާރު ދުވާފަރާ އެއްވަރަށް ފެން ރައްކާކުރެވޭނޭ އެހެންތަނެއް މަދުވާނެ. ފެނުގެ ސްޓޯރޭޖު، ކެޕޭސިޓީ ބޮޑު އެހެންރަށެއް، އެހެން ބައެއް ނޯންނާނެ. އެހެންވީމަ ކޮންމެ ގެއެއްގައި ބެހެއްޓިފައިހުރި ތާނގީތައް، އެހުރީ ދިޔަދޮވިތަކާ ބަރާބަރަށް ގުޅިފައި، ފެން ނެގޭގޮތަށް.

ސުވާލު: ދުވާފަރުގެ ރައްޔިތެއް

އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ދަގަނޑު، ފާޑުފާޑުގެ ކުނިބުނި، މިރަށުގެ އެތެރޭގައި ބިމުގައި އެބަހުރި. އިނގޭތޯ؟ އަޞްލު، އިންސާނުންނަށް އޭގެ ގެއްލުންކުރުވަނިވި ވަރަށް ބައިވަރު މާއްދާތަކެއް އެއިން ބޭރުވެދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން. ދެން، އެކަންކަން ސާފުކުރުމަށް ގާތްގަނޑަކަށް ކިހާ ދުވަހެއް ނަގާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިހާރު އަޅުގަނޑު މި އުންމީދު ކުރަނީ، ވީހާވެސް އަވަހަކަށް ރަށު ކޮމިޓީއެއް ނެގެން. އިނގޭތޯ! ޤާނޫނީ ގޮތުން، މިހާރު ރަށްރަށް ބަދަލުވާއިރުގައި، ރަށްވެހިކަމާ އެކީގައި، ރަށްވެރިކަން އެބަ ބަދަލުވާންޖެހޭ. އެހެންވީމާ، ހެޔޮގޮތުގައި މިތަނުގެ ވެރިކަން ކުރެވޭނެ އިންތިޒާމެއް، ނިޒާމެއް ވީހާވެސް އަވަހަކަށް އުފެއްދުން އެއީ ވަރަށް ބޭނުންތެރި ކަމެއް. ވީމާ، އަޅުގަނޑު ބޭނުން ހަމަ މިއަދުވެސް އެކޮމިޓީއަކީ ކޮބައިތޯ ބަލަން. ކުރީގައި އޮތް ރ.ކ ކޮމިޓީ މިހާރު އުވިއްޖެ. ކުރީގެ ކަނދޮޅުދޫ ރ.ކ ކޮމިޓީ، ޤާނޫނުއަސާސީގެ އިޞްލާޙާ ގުޅިގެން، ސައްޙަ ކަމަށް ބެލެވުނު ގަވާއިދުތަކުގެ ތެރޭގައި ރ.ކ ކޮމިޓީތަކުގެ ހިންގުމުގެ ގަވާއިދު ނުހިމެނޭ. އެހެންވީމާ، އެ ރ.ކ ކޮމިޓީތައް އެއީ ޞައްޙަ ކަމެއް ހުރި ރ.ކ ކޮމިޓީއެއް ނޫން. އެހެންނަމަވެސް، ދެން އަނެއްކާ، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގެ މިންގަނޑުން ބަލާއިރުގައި، ދުވާފަރުކަހަލަ، ކަނދޮޅުދޫކަހަލަ، ބޮޑުރަށެއްގައި ވަކި މުނިސިޕަލް ކައުންސިލެއް ހެދޭވަރުވާނެ. 4000 މީހުން ތިބީމާ، މިއީ ބޮޑެތި ރަށްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށްވެސް އެއްގޮނޑި އެކީގައި ލިބޭ ރަށެއް. އެހެންވީމާ، މިތަނުގެ ސީދާ ވެރިކަން އޮންނާނެ ބައްޓަމާ، ފާޑު އަދި އަޅުގަނޑަކަށެއް ނޭނގޭ. އެހެންނަމަވެސް، އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެވޭނެ. ހަމަ ދުވަހުން ދުވަހަށް ތިޔަބޭފުޅުންގެ ބައިވެރިވުމާ، ތިޔަބޭފުޅުން އެކަންކުރާ ގޮތަށް ނެތިއްޔަކާއެއް. އެހެންވީމާ، އަޅުގަނޑުގެ އެންމެބޮޑު ބޭނުމަކީ ހަމަ މިއަދުވެސް، މާދަމާވެސް ކޮބައިތޯ؟ ކަތީބު؟ (ސާފުނުވޭ).........

ސުވާލު: ދުވާފަރުގެ ރައްޔިތެއް

އަޅުގަނޑުމެން މިތަމްސީލުކުރާ އަތޮޅުތަކުގައި ކަނދޮޅުދޫ ކަތީބަކު އަޅުގަނޑަކަށް ހިޔެއްނުވޭ މިހާރަކު ހުރިހެނެއް. ދެން އައިޑީޕީ ސެކްޝަނަކުން، އަތޮޅުއޮފީހުގެ ބެލުމުގެ ދަށުން އަޅުގަނޑުމެން ރައްޔިތުންގެ ކަންތައް ބެލެމުން މިހާރު މިދަނީ. އަޞްލުގައި މިހާރުންމިހާރަށް، ތެދުތެދަށް ދަންނަވާ ކަމުގައި ވެއްޖިއްޔާ ކަނދޮޅުދޫ ތަމްސީލު ކުރައްވާ.........(ސާފުނުވޭ).........

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑު ވަގުތީގޮތުން ކަނދޮޅުދުއަށް ކަތީބެއް ލާނަން އިނގޭތޯ. އަޅުގަނޑު ލާނަން. އަޅުގަނޑު އެކަން ކުރާން. އެއާއެކު ކަތީބަށް އެހީތެރިވެދޭނެ ކޮމެޓީއެއް ބޭނުންވޭ. މުޅިރަށުގެ ހުރިހާ އެންމެން ބައިވެރިވެގެން. އެހުރިހާ އެންމެނަށް އެކޮމެޓީއަކަސް ބަސް ގެންދެވޭނެ ކަހަލަ ކޮމެޓީއެއް. އަޅުގަނޑު އެކަމަކު ބޭނުމެއްނޫން، އެކޮމެޓީގައި ޒުވާބު ގިނަވެގެންގޮސް ކަމެއްނުވާކަށް، އިނގޭތޯ! މަޝްވަރާ ކުރަންޖެހޭނެ، ކަންކަން ނިންމަމުން ކުރިއަށް ގެންދެވެން ޖެހޭނީ. އެހެންވީމާ އެގޮތަށް އެކުލެވޭ ކޮމެޓީއެއް އަޅުގަނޑު ބޭނުން. ވަރަށް އެކަން އެހެން އަވަހަށް ހިނގާނެ ގޮތެއް އަތޮޅުވެރިން ހައްދަވަން އަޅުގަނޑު ބޭނުން. އެހެންވީމާ، އަޅުގަނޑު އެބަޖެހޭ އެކަން ކުރުމަށްޓަކައި މިރަށް ހިންގުމަށް މީހަކު ޢައްޔަން ކުރަން. އަޅުގަނޑު ޑޮކްޓަރ ރާޒީ އަރިހުގައި ދަންނަވާލައިގެން މިއުޅެނީ، ކުޑަދުވަސްކޮޅަކަށް، މިބަދަލުވާތީއާއެކީގައި، މިކަންކަން ބައްލަވާދެއްވަން. ރާޒީ ތިޔަބޭފުޅުންނާ ފަރިތަވެސްވާނެ. ރާޒީ ކުރިމަތިލައްވާކަށެއް ނޫން އެއުޅުއްވަނީކީ. އެކަމަކު އަޅުގަނޑު ބޭނުންވެގެން، ރާޒީ އަރިހުގައި އެދިގެން އަޅުގަނޑު މިއުޅެނީ، އަޅުގަނޑަށް އެހީތެރިވެދެއްވުމަށް. އެކަމަކު އަޅުގަނޑަކަށް އަދި ޔަޤީނެއް ނޫން. އަދި ރާޒީ އެކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަކަށް. އެހެންވީމާ، އަޅުގަނޑު ޖެހޭނީ އެކަން ބޮޑަށް މަޝްވަރާ ކޮށްލައި ހަދަން. ދެން ތިޔަބޭފުޅުންގެ ކޮމިޓީއަކާ އެކީގައި މިތަން، ކަނދޮޅުދޫ ނަމޫނާއެއްހެން ހިނގާގޮތް ހަދަން އަޅުގަނޑު ބޭނުން. ދެން ވިލުފުށްޓަށް މާދަން މީހުން ބަދަލުވާނެ. ދެން އަނެއް ރަށަކަށް މީހުން ބަދަލުވާއިރު މީގެ ތަޖުރިބާތަކުގެ ތެރެއިން އަޅުގަނޑުމެންނަށް މިކަން ރަނގަޅަށް ކުރެވޭތޯ ބަލަންވެގެން އަޅުގަނޑުމެން މިއުޅެނީ.

ސުވާލު: ދުވާފަރުގެ ރައްޔިތެއް

މިހާރު ތިޔަވާހަކަޔާ ގުޅުންހުރި ސުވާލެއް. އަޅުގަނޑުމެން ނޭދެން، އަޅުގަނޑުމެންގެ ރަށުގައި ދުވާލަކު ކަތީބެއް، މަނިކުފާނުވެސް އައްޔަންކުރާކަށް، އިނގޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އާދެ، ޑޮކްޓަރ ރާޒީއަށް އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑު މިބަލަނީ ހަމަ ފެކްސްއާ، ފޯނާ، އަދި ދެން......

ސުވާލު: ދުވާފަރުގެ ރައްޔިތެއް

ފަހު ސުވާލެއްގެ ގޮތުން އަޅުގަނޑު ކޮށްލަންބޭނުންވަނީ، މި ބަނދަރު ހަދަން އެހުރީ ކޮންމެވެސް ވަރަކަށް މަސައްކަތްވެސް ފެށިފައި. ނަމަވެސް އަޅުގަނޑުމެން މިހާރު ރަށަށް ބަދަލުވަމުންދާއިރު އަޅުގަނޑުމެންނަކަށް ނުފެނޭ، އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްދާތަނެއް. އަޅުގަނޑުމެންނަކީ ވަރަށް ބައިވަރު އޮޑިދޯނިފަހަރު ގެންގުޅޭ ބައެއް. އެހެންވީމާ، ތަންކޮޅެއް އަވަހަށް، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި .................. (ސާފުނުވޭ).........

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑު މިހާރު ބޭނުންވަނީ، ތިޔަބޭފުޅުން އެކަންކަން ބަލަމުން ގެންދިއުންވެސް. ތިޔަބޭފުޅުން އެކަންކަން ކުރަމުން ގެންދިއުންވެސް. ދެން ހެދެން އޮތް ގޮތަކީ ކޮބައިތޯވެސް ބަލައި ތިޔަބޭފުޅުން އެކަން ކޮށްދެއްވުން. އިނގޭތޯ! ތިޔަބޭފުޅުންގެ ތެރެއިން ކޮމިޓީއެއް ނަންގަވައިގެން، ތިޔަބޭފުޅުން އެކަންކަން، ބަނދަރުހެދުން. ބަނދަރަށް އަޅުގަނޑަށް އެގިފައޮތް ގޮތުގައި 2.8 މިލިއަން ރުފިޔާ، އެމެރިކާ ސަރުކާރުން ދީފަ އެބައޮތް. އެއަށް އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި މަސައްކަތް ނުފެށިގެން އުޅެނީ، ފުރަތަމަ ފެށިއިރުގައި ދިވެހި ސަރުކާރުން އަމިއްލައަށް ބުނީ ތިމަންނާމެން، މިއަށް ފައިސާ ދޭނަމޭ. އޭގެ މުއްދަތުތައް ފަހަނައަޅައި ދިޔައިރުގަވެސް، އެއަށް ދޭންބުނި ފައިސާއެއް ނުދެވޭ. ނުދެވި އޮތީމާ އެމެރިކާ ސަރުކާރުން ދިން ފައިސާއިން އެކަނި ލައިގެން އެކަން ބާރަށް ފަށާނުގަނެވި އެއޮތީ. ދެން އެކަމަކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމަސައްކަތް ކުރިއަށްގެންދާނަން. ބަނދަރު ބާރަށް ކުރިޔަށްދާނެ. އަޅުގަނޑަށް އެބަ އެނގޭ، ބާރަ ދޯނި އޮންނަކަން. ތިން ދޯނި ހަދަމުން ދާކަން، އަޅުގަނޑަށް އެބަ އެނގޭ. ކަދޮޅުދޫއަކީ މަސްވެރިކަމުން ދިރިއުޅޭ ރަށެއްކަން އެބައެނގޭ. އަޅުގަނޑަށް ބަރާބަރަށް ސާފުކޮށް އެނގޭ..........(ސާފުނުވޭ).........