ގާނާގެ ރައީސްކަމުގެ މަގާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި، މިސްޓަރ ޖޯން އަޓާ މިލްސަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މިސްޓަރ މިލްސަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.