މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/12) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވީ މިހިނގާ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ދައުލަތުގެ އިދާރާތަކުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ މިހައިތަނަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ހަމަޖައްސަވައިފައި އޮތް ނަންބަރު ކަމުގައިވާ 222 އެވެ.