ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނާއިބު ކަމުގެ މަގާމަށް މައްޗަންގޮޅީ ދޭދަރުގޭ އަލްފާޟިލް މުޙަންމަދު ފިރާޤު އިސްކުރައްވައިފިއެވެ. އަދި ފެލިދެއަތޮޅު ކައުންސިލަރުގެ މަގާމަށް ފެލިދެއަތޮޅު ކެޔޮދޫ ވައިލެޓްވިލާ އަލްފާޟިލް މުޙަންމަދު ޙަސަނާއި، ފާދިއްޕޮޅު ނައިފަރު ކައުންސިލަރުގެ މަގާމަށް ނައިފަރު ދިލްޝާދުގޭ އަލްފާޟިލް ޝާހިދު ޢަބްދުއްރައްޒާޤު އިސްކުރައްވައިފިއެވެ. މީގެއިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް މާފަންނު ސަން ޝައިން އަލްފާޟިލް ޝާހިދު ޢަލީ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް މާފަންނު ސްނޯ ޑައުން އަލްފާޟިލް މުޙަންމަދު ނަސީމް އިބްރާހީމް ހަމަޖައްސަވައިފިއެވެ.