ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
 
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމުތައް:
1.     މަގާމުގެނަން
މަސައްކަތު
ރޭންކް:
އެސް.އެސް 1
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:
ކޯޕަރޭޓް ސަރވިސް އޮފީސް/  ފައިނޭންސް އެންޑް މެއިންޓެނަންސް
ބޭނުންވާ ޢަދަދު:
3 (ތިނެއް)
އަސާސީ މުސާރަ:
-/3,100 ރުފިޔާ
ސަރވިސް އެލަވަންސް:
-/1,000 ރުފިޔާ
ޚާއްޞަ އެލަވަންސް:
1,395/- ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
-/2,500 ރުފިޔާ
އޮގްޒިލަރީ ސަރވިސް  އެލަވަންސް:
700/- ރުފިޔާ
މަގާމުގެ ޝަރުޠު:
 
-   ލިޔަން ކިޔަން ދަތުން.
-   ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
-   ޢުމުރުން 45 އަހަރުން ދަށުގެ މީހެއް ކަމުގައި ވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: 
-   ހައުސްކީޕިންގ އާއި މެއިންޓެނަންސްގެ މަސައްކަތްތައް.
ހުށަހަޅަންޖެހޭ ތަކެތި:
1."ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
2.ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
3.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު،23 ސެޕްޓެންބަރު 2019 ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައިއެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަންކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.    
                                                                       
18 މުޙައްރަމް 1441
17 ސެޕްޓެންބަރު 2019