މިލަދުންމަޑުމަޑުލު އުތުރުބުރީގެ ކައުންސިލަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އިސްކުރައްވައިފިއެވެ. މިމަގާމަށް އިސްކުރެއްވީ، މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ނޫރާނީގޭ އަލްފާޟިލް ޢަބްދުލްޙަންނާން ޙުސައިނެވެ.

މީގެއިތުރުން، ބައެއް އެހެން ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުން އިސްކުރައްވައިފިއެވެ. މިދަންނަވާލަނީ ކައުންސިލަރުގެ މަގާމަށް އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އިސްކުރެއްވި ރަށްރަށެވެ.

1. ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލަރުގެ މަގާމަށް ކުރިނބީ ބޮޑުގޭ އަލްފާޟިލް ޢަބްދުލްވާޙިދު އިބްރާހީމް.

2. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލަރުގެ މަގާމަށް މާއުނގޫދޫ ކެނެރީގޭ އަލްފާޟިލް އަޙްމަދު ޖަލީލު ޢަބްދުﷲ.

3. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލަރުގެ މަގާމަށް ފުނަދޫ އިރުދޭމާގޭ އަލްފާޟިލް އިބްރާހީމް މުޙަންމަދު.

4. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލަރުގެ މަގާމަށް ޅައިމަގު ކުޅިތުޅާގޭ އަލްފާޟިލް ޢަބްދުލްޣަނީ އިބްރާހީމް.

5. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލަރުގެ މަގާމަށް ކަނޑިތީމު ހަވީރީނާޒް އަލްފާޟިލް އަޙްމަދު ޢާޠިފް.

6. މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލަރުގެ މަގާމަށް ބިލެތްފަހީ ދަނބުރުއްދޮށުގޭ އަލްފާޟިލް ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް.

7. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލަރުގެ މަގާމަށް ކޮމަންޑޫ ދެކުނުގޭ އަލްފާޟިލް ޢަބްދުﷲ ރަޝީދު ޢަބްދުއްރަޙްމާން.

8. މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލަރުގެ މަގާމަށް ހޮޅުދޫ އާރާމުގޭ އަލްފާޟިލް އިސްޙާޤު ރަޝީދު.

9. މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލަރުގެ މަގާމަށް ކުޑަފަރީ ހޮޅުދޫގޭ އަލްފާޟިލް މުޙަންމަދު ރަމީޒު.

10. މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލަރުގެ މަގާމަށް މާފަރު ދަހަރާގޭ އަލްފާޟިލް އިބްރާހީމް އަބޫބަކުރު.

11. މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލަރުގެ މަގާމަށް ވެލިދޫ އަތިރީއާގޭ އަލްފާޟިލް އާދަމް ފާއިޒު.

12. މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލަރުގެ މަގާމަށް ލަންދޫ ރަސްފަރު އަލްފާޟިލް މަޖްދުﷲ ޢަބްދުއްރައްޒާޤު.

13. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލަރުގެ މަގާމަށް މިލަދޫ ނޫރަންގޭ އަލްފާޟިލް ޙަސަން މޫސާ.

14. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލަރުގެ މަގާމަށް މަނަދޫ ކުންނަމަލަ އަލްފާޟިލް ޢަބްދުﷲ ޝަފީޢު.

15. މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުގެ މަގާމަށް ކެނދިކުޅުދޫ ކެނދިކޮޅު އުފާ އަލްފާޟިލް ޙަމްދޫން ޢަލީ.

16. ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލަރުގެ މަގާމަށް ތިމަރަފުށީ ތުނޑީގެއާގޭ އަލްފާޟިލް މުޙަންމަދު މޫސާފުޅު.

17. ހައްދުންމަތީ މާމެންދޫ ކައުންސިލަރުގެ މަގާމަށް މާމެންދޫ ކުރި އަލްފާޟިލް އަބޫބަކުރު ޙުސައިން.

18. ހައްދުންމަތީ ގަމު މުކުރިމަގު ކައުންސިލަރުގެ މަގާމަށް ގަމު މުކުރިމަގު ދިލާސާގޭ އަލްފާޟިލް ޙުސައިން މޫސާ.

19. ހައްދުންމަތީ ހިތަދޫ ކައުންސިލަރުގެ މަގާމަށް ހިތަދޫ ޖަހާމުގުރިގޭ އަލްފާޟިލް އަޙްމަދު ޢަލީ.

20. ހައްދުންމަތީ ކުނަހަންދޫ ކައުންސިލަރުގެ މަގާމަށް ކުނަހަންދޫ ފިނިފެންމާގޭ އަލްފާޟިލް އިބްރާހީމް ޒާހިރަށް.

21. ހައްދުންމަތީ މާވަށު ކައުންސިލަރުގެ މަގާމަށް މާވަށު ރިނދަލި އަލްފާޟިލް ވަލީދު ޒަކަރިއްޔާ.

22. ހައްދުންމަތީ ފޮނަދޫ ކައުންސިލަރުގެ މަގާމަށް ފޮނަދޫ ފެހިފަރުދާގޭ އަލްފާޟިލް މުޙަންމަދު ނަސީމް މޫސާ.

23. ހައްދުންމަތީ ދަނބިދޫ ކައުންސިލަރުގެ މަގާމަށް ދަނބިދޫ ގުމްރީގޭ އަލްފާޟިލް އަޙްމަދު ނާޞިފް.

24. ހައްދުންމަތީ އިސްދޫ ގަނޑުއަވަށު ކައުންސިލަރުގެ މަގާމަށް އިސްދޫ ގަނޑުއަވަށު ވައިޖެހޭގޭ އަލްފާޟިލް އިބްރާހީމް ޚަލީލު އިސްމާޢީލް.

25. ހައްދުންމަތީ ގަމު ތުނޑީ ކައުންސިލަރުގެ މަގާމަށް ގަމު ތުނޑީ އަވަށު ފެހިފަތް އަލްފާޟިލް ޙުސައިން އިބްރާހީމް.