ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލު ދިޔަމިގިއްޔަށާއި، އެ އަތޮޅު ބުރުންޏަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ތ. ދިޔަމިގިލީ ކައުންސިލާއި އެރަށުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި، އެއަތޮޅު ބުރުންޏަށް ވަޑައިގެން ބުރުނީ ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވެވި ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ތ. އަތޮޅު ކައެންސިލާއި، ބުރުނީ އަދި ވިލުފުށީ ކައުންސިލާއި ބުރުނީގެ ބައެއް އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.