ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތުއްތު ކުދިންނަށް އުގަންނައިދިނުމަށް ޚާއްޞަކޮށްގެން ހިންގާ މާފަންނު މަދަރުސާއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައި އެ ސްކޫލުގެ ތުއްތުކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފިއެވެ.

މާފަންނު މަދަރުސާގެ ދަޢުވަތަކަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އެ ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ސްކޫލުގެ އެކި ކްލާސްތަކަށް ވަޑައިގެން އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ މާފަންނު މަދަރުސާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްފަހު ސްކޫލުގެ ދަރިވަރުންގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މިފިލާ އެރުވީ އެ ސްކޫލުގެ ދަރިވަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ މާފަންނު މަދަރުސާއަށް ކުރެއްވި މި ޒިޔާރަތުގައި ސްކޫލުގެ ދަރިވަރުންނާއެކު ހަނދާނީ ފޮޓޯ ނެންގެވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރެއްވި މި ދުވަސްކޮޅަކީ އެ ސްކޫލުގެ ތުއްތުކުދިންނަށް ޤައުމިއްޔަތާއިބެހޭ އެކިއެކި މައުލޫމާތު ހިމެނޭ ފިލާވަޅުތައް ނަގައިދެމުންދާ ދުވަސްވަރެކެވެ.