ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނެވުމަށާއި، ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަށް ބަދަލުގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. މިކަންކަން މިގޮތަށް ހަމަޖެއްސެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް މިގެންނަވާ ބަދަލާއި، ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަށް މިގެންނަވާ ބަދަލުގެ ތަފްޞީލު، ސަރުކާރުން ހާމަކުރައްވާނީ، މާދަމާ ހެނދުނު 10.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ވަގުތުން ދުރަށް ފޮނުއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.