މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރަތަމަ ފުރި ޙައްޖާޖީންގެ ގްރޫޕްގައި ހިމެނޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްދަލުކުރައްވައި އަލްވަދާޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ ޙައްޖުގެ އަޅުކަމަށް މިއަދު ހެނދުނު ފުރި 84 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި އެބޭފުޅުންގެ ޙާލު ބައްލަވާލައްވައިފައެވެ.
ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޙައްޖާޖީންނަށް ދަތުރުމަތީގައި ދިމާވެދާނެ އެންމެހައި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެމީހުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައެވެ.