ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުވައްމުލަކު ސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލަކު ސިޓީއަށް ޒިޔާރަތްކުރެއްވުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނައިބު ރައީސްގެ މި ދަތުރުފުޅުގައި އަތޮޅު ތައުލީމީ މަޒުކަޒާއި ފުވައްމުލަކު ޙާފިޒު އަޙްމަދު ސްކޫލަށް ޒިޔާރަތް ކުރެއްވުމާއި ފުވައްމުލަކު މަގު ހެދުމުގެ ޕްރޮޖެކްޓްގެ މަސައްކަތްކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.