ނިމިގެންމިދާ 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެކިދުވަސްތަކުގައި ޚިދުމަތް ކުރައްވާފައިވާ މެންބަރުންނަށާއި، އެމަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށް ބޭއްވެވި ވަދާޢީ ޙަފްލާއެއްގައި ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ރޭ، ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވެވި މި ޙަފްލާގައި، ނިމިގެންމިދާ މަޖިލީހުގެ ރައީސް މުޙަންމަދު ޝިހާބަށް މަޖިލީހުގެ ފަރާތުން ދެއްވި ހަނދާނީ ފިލާ، މުޙަންމަދު ޝިހާބަށް އެރުއްވީ ރައީސް މުޙަންމަދު ނަޝީދެވެ.

މި ޙަފްލާގައި، ނިމިގެންމިދާ ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތްކުރައްވާފައިވާ ހުރިހާ މެންބަރުންނަށް މަޖިލީހުގެ ފަރާތުން ހަނދާނީ ލިޔުން ދެއްވިއެވެ.
ރޭގެ ޙަފްލާގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.