ބައިނަލްއަޤްވާމީ ގޮތުން "މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް" ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލެ އަތޮޅު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚާއްޞަ އިސްނެންގެވުމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުލުހުން ހޯދާފައިވާ މަސްތުވާތަކެތީގެ ތެރެއިން ގާތްގަނޑަކަށް 3165 މައްސަލައަކާއި ގުޅުންހުރި މަސްތުވާތަކެތި ނައްތާލުމަށް ހިންގި ހަރަކާތް ބައްލަވާލައްވައިފައެވެ. މި މަސްތުވާތަކެއްޗަކީ ޖެނުއަރީ 2014 އިން ޖޫން 2019 ގެ ނިޔަލަށް ފުލުހުން ހޯދާފައިވާ ބައެއް ތަކެއްޗެވެ.