ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަޤާމަށް މުލަކަތޮޅު ދިއްގަރު ޕްރޭމްނަގަރު، މުޙައްމަދު އިޙްސާން އައްޔަނު ކުރައްވައިފިއެވެ.

މުޙައްމަދު އިޙްސާނަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާ އިން ޓީޗިންގ، މިޑްލް ސްކޫލް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އިޙްސާން މިހައިތަނަށް ހުންނެވީ މަޖީދިއްޔާ ސްކޫލްގެ މެތަމެޓިކްސް ޓީޗަރެއްގެ މަގާމުގައެވެ.