ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ބައިކް މޯލްޑިވްސްއިން އިންތިޒާމުކުރި "މަމެން އިންޓަރ-ސްކޫލް ބައިކް ޗެމްޕިއަންޝިޕް 2019" ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ ހުޅުމާލޭ ރޭސިންގ ޓްރެކްގައެވެ.

"މަމެން އިންޓަރ-ސްކޫލް ބައިކް ޗެމްޕިއަންޝިޕް 2019" ނިންމުމުގެ ރަސްމިއްޔާތުގައި ކުރިއަށްދިޔަ "12 އަހަރުން ދަށުގެ ފަންރައިޑް"ގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަލް ހަވާލު ކޮށްދެއްވާފައެވެ.