ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު އަލުން އެކުލަވާލައްވައިފިއެވެ. މި ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، ގަލޮޅު ސޯސަންޢަބީރު އަލްފާޟިލް އިބްރާހީމް އަޙްމަދު ނާޞިރެވެ. މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސެވީ މާފަންނު ބްލޫސްޓޯން އަލްއުސްތާޛު މުޙަންމަދު ޝަހުދީ އަންވަރެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާފަންނު ސްޓާރ އަލްފާޟިލާ ފާޠިމަތު ރަޒީނާއާއި، މާފަންނު ތޫރި އަލްފާޟިލް މުޙަންމަދު ޝަފީޤާއި، އައްޑުއަތޮޅު ހުޅުދޫ ވާރުގޭ އަލްފާޟިލް ޝިފާޒް ޢަލީއެވެ.