ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު އަލުން އެކުލަވާލައްވައިފިއެވެ. މި ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މައްޗަންގޮޅި ބްލޫގްރާސް އަލްފާޟިލް އަޙްމަދު މުރާދެވެ. މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސެވީ ހެންވޭރު ބުރެވިމާގޭ އަލްފާޟިލް މަޙްޖޫބް ޝުޖާޢުއެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މައްޗަންގޮޅި އެވަރބްރައިޓް އަލްފާޟިލް ސުހައިލް އަޙްމަދާއި، މައްޗަންގޮޅި ނޫރީ އަލްފާޟިލާ ލަމްޔާ އިބްރާހީމާއި، މައްޗަންގޮޅި ސެކަންޑްޕްލޭސް އަލްފާޟިލް މުޙަންމަދު ޣިޔާސެވެ.