ކްލަބު މޯލްޑިވްސް ކަޕް 2019 އަދި 30/18 ވުމަންސް ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަޞީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތަކީ ކްލަބު މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މިރޭ ހުޅުމާލެ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި މުބާރާތުގެ ބައިވެރިން ވަނީ ޓީމް ތަކުގެ ޖާޒީތައް ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ކްލަބު މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.