މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ހެނދުނު ވޯޓުލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލެއްވީ، ބިއްލޫރިޖެހިގޭގައި ގައި ބަހައްޓާފައިހުރި ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށެވެ.