މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދީނީ ގޮތުން ދޭންޖެހޭ އަސާސީ މަޢުލޫމާތު ދިނުމުގެ ސިޔާސަތާ އެއްގޮތަށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކުރުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.